ފާދިއްޕޮޅު ނައިފަރު ކައުންސިލުން ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

20 ޑިސެމްބަރ 2018



ފާދިއްޕޮޅު ނައިފަރު ކައުންސިލުން ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި، ނައިފަރު ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމާއި އެ އިދާރާއަށް މުވައްޒަފުންގެ ދަތިކަންހުރިކަން ފާހަގަކޮށް އެކަންކަމާބެހޭ ގޮތުން ކޮމިޝަނާއެކު މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީއެވެ. ނައިފަރު ކައުންސިލުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ކައުންސިލުގެ ރައީސް މުޙައްމަދު ކާރިމްއެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307