ސަރުކާރު ބަދަލުވުމުގެ މަރުޙަލާގައި މަސައްކަތް ހިނގާ ދިޔަގޮތުގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅައިފި

28 ޖަނަވަރީ 2019



ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް އައްޔަންކުރެވުނު ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަލްފާޟިލް އަޙްމަދު ލަތީފް އިސްވެހުންނަވައި ސަރުކާރު ބަދަލުވުމުގެ މަސައްކަތް ކުރިއަށްގެންދެވުނު ގޮތުގެ މައްޗަށް ތައްޔާރުކުރެއްވެވި "އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ރިޕޯޓް" މިއަދު ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. މި ރިޕޯޓް ކޮމިޝަނަށް ހަވާލުކޮށްދެއްވެވީ އަލްފާޟިލް އަޙްމަދު ލަތީފެވެ. ކޮމިޝަނުގެ ފަރާތުން މި ރިޕޯޓާއި ހަވާލުވެވަޑައިގަތީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމިޝަންގެ ހުރިހާ މެމްބަރުންގެ އިތުރުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްއާއި ޑިރެކްޓަރ ޖެނެރަލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ފުރަތަމަ ފަހަރަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ކޮމިޝަނުން ބޭފުޅަކު އައްޔަންކުރެވި "ޤާނޫނު ނަންބަރު 2010/5 ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނު" ގައިވާ ގޮތުގެ މަތިން ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްކުރިއަށް ގެންދެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށް އަދި މި މަރުހަލާގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ޑިރެކްޓަރ ޖެނެރަލް ގެންގޮސްދެއްވާފައިވާތީ، އޭނާއަށް މަރުޙަބާ ވިދާޅުވެ ކޮމިޝަނުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަރުހަލާގައި ސިވިލް ސަރވިސްގެ އިދާރާތަކުން ދެއްވެވި ފުރިހަމަ އެއްބާރުލުން ފާހަނގަކޮށް އެ ފަރާތްތަކަށާއި އަދި އިންތިޚާބީ ސަރުކާރަށް ވެސް ޝުކުރު އަދާކުރެއްވެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307