ޕެންޝަނާ ގުޅޭގޮތުން ހޭލުންތެރިކަންއުފެއްދުމަށް މަޝްވަރާކުރައްވައިފި

30 ޖަނަވަރީ 2019



ދިވެހި ސިވިލް ސަރވިސް ގެ މުވައްޒަފުންގެ މެދުގައި އެފަރާތްތަކުން ވަޒީފާއިން މުސްކުޅިވުމުން ނުވަތަ ރިޓަޔަރ ކުރުމުން ލިބިގެންދާ ޕެންޝަންގެ އިނާޔަތާއި ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުމާގުޅޭގޮތުން ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާ ބައްދަލުވުމުގައި ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ފަރާތުން އިސްކޮށްއިންނެވީ އެ އިދާރާގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް މުޙައްމަދު ޙުސައިން މަނިކެވެ. ކޮމިޝަނުގެ ފަރާތުން އިންނެވީ ކޮމިޝަނުގެ ރައީސް ޑރ.އަލީ ޝަމީމެވެ.

ޕެންޝަނާ ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުމުގެގޮތުން ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓްގައި ހިންގޭ ކޯސްތަކުގެ ތެރޭގައި ޕެންޝަނާގުޅޭ ގޮތުން މަޢުލޫމާތުދިނުމުގެ ސެޝަނެއް އިންތިޒާމްކުރުމާގުޅޭގޮތުން އެއްބަސްވެވުނެވެ. އަދި ކުރިއަށްއޮތްތާނގައި ޕެންޝަނާގުޅޭ ގޮތުން ހޭލުންތެރިކަން އުފެއްދުމަށް 2 މުއައްސަސާ ގެ ދެމެދުގައި އެއްބާރުލުމާއި އެހީތެރިކަން ދިނުމާގުޅޭގޮތުން ފަހުމުނާމާއެއް އެކުލަވާލުމަށްވެސް މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި އެއްބަސްވެވުނެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307