ސީއެސްޓީއައިގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުޞަތު މޯލްޑިވިއަން އައިޑްލްގެ ގަދަ 9ގެ ބައިވެރިންނަށް ދީފި

27 މާޗް 2018



ސީއެސްޓީއައިގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުޞަތު މޯލްޑިވިއަން އައިޑްލްގެ ގަދަ 9ގެ ބައިވެރިންނަށް ފަހިކޮށްދީފިއެވެ. މޯލްޑިވިއަން އައިޑްލްގެ ގަދަ 9ގައި ހިމެނޭ ބައިވެރިންނަށް ޚާއްޞަކޮށް މިއަދު ސީއެސްޓީއައިގައި ކުރިޔަށްގެންދިޔަ އެއްދުވަހުގެ ސޮފްޓު ސްކިލް ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން އައިޑުލްގެ  ގަދަ 9ގެ ބައިވެރިނަށް މި ފުރުޞަތު އޮތްކަން ހާމަކުރެއްވީ ސީއެސްޓީއައިގެ ޑިރެކްޓަރ ފާޠިމަތު ހަބީބާއެވެ. ހަބީބާ ވިދާޅުވީ ސީއެސްޓީއައި އިން ހިންގާ ކޯސްތަކުގެ ތެރޭން ކޮންމެވެސް އެއްކޯހެއް، އައިޑްލްގެ ގަދަ 9ގައި ހިމެނޭ ކޮންމެ ބައިވެރިއަކަށްވެސް ފުރިހަމަކުރުމުގެ ފުރުޞަތުލިބިގެންދާނެ ކަމަށެވެ.

އައިޑްލްގެ ގަދަ 9ގެ ބައިވެރިންނަށް އަމާޒުކޮށް، ސޮފްޓް ސްކިލް ދަސްކޮށްދިނުމުގެ އެއްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ސީއެސްޓީއައި އިން މިއަދު ވަނީ ބާއްވާފައެވެ.

ސީއެސްޓީއައި އަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ހިންގުމުގެ ދާއިރާގެ ގިނަ ކޯސްތަކެއް ފުޅާ ދާއިރާއެއްގައި މިހާރުވެސް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް