ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ހިންގުމަށް ރޭވިފައިވާ ހަރާކާތްތަކާބެހޭ މަޢުލޫމާތުދީފި

21 މާޗް 2018



ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީ ގުޅިގެން  ހިންގުމަށް ރޭވިފައިވާ ހަރާކާތްތަކާބެހޭ މަޢުލޫމާތު މީޑިޔާއާ ހިއްސާކޮށްފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިޔަށްގެންދަވާ ހަރާކާތްތައް ކުރިޔަށްގެންދެވުމުގެ މަޤްޞަދަކީ ޖުމްހޫރީ ނިޒާމާ ބޭހޭގޮތުން މަޢުލޫމާތުފޯރުކޮށްދީ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށާއި، ސިވިލް ސަރވިސް އަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ކުރިޔަށްގެންދަވާ ހަރަކާތްތަކުގެ މަޤްޞަދަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުންކަމަށެވެ.

ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މި ހަރަކާތްތަކުގެ ތެރޭން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އެޕްރީލް މަހުގެ 5 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ސިވިލް ސަރވިސް ޓެލެންޓް ޝޯއެވެ. މި ޝޯގައި ސިވިލް ސަރވިސްގެ އެކި އޮފީސްތަކުން އައިޓަމުތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެޕްރީލު މަހުގެ 6 ވަނަ ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރެއް ކުރިޔަށްގެންދިއުމަށް ރޭވިފައިވާކަމަށާއި މިހާރު ވެސް މި އިވެންޓުގައި ސްޓޯލު ބެހެއްޓުމަށް 28 އޮފީހަކުން ހުށަހަޅާފައިވާކަމަށް މި އިވެންޓްތައް އިންތިޒާމުކުރާ ޓީމުން ބުނެއެވެ.

މި މުނާޞަބާތައް ފާހަގަކުރުމަށް އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވެސް މުޅި އަހަރު ދުވަހަށް ބަހާލައިގެން ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މުޅި އަހަރުދުވަހަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ސިވިލް ސަރވިސް އޯޕަންޑޭއެއް ބޭއްވުމާއި، ފުޓްސަލް މުބާރާތަކާއި، ހޭންޑް ބޯލް މުބާރާތަކާއި، ރަމަޟާން މަހު ބާއްވާ ޤުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއްގެ އިތުރުން ސިވިލް ސަރވިސްގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމާއި ސިވިލް ސަރވިސް ކޮންފަރެންސް  ބޭއްވުން ވެސް މި ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް