ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި ކުރުމުގެ ސެޝަނެއް ސިވިލް ސަރވިސްގެ އިދާރާތަކަށް ބާއްވައިފި

14 މާޗް 2018



ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި ކުރުމުގެ ގޮތުން ސިވިލް ސަރވިސް އިދާރާތަކުގެ ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ ޓްރެއިނިންގ ހޯލުގައި ކުރިޔަށްދިޔަ މި ސެޝަނުގައި މާލޭގައި ޤާްއިމުވެފައިހުރި ސިވިލް ސަރވިސް އިދާރާތަކުގެ ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މި ސެޝަނުގައި ސިވިލް ސަރވިސް ޤަވާޢިދާ ބެހޭގޮތުން މަޢުލޫމާތު ދެއްވީ ކޮމިޝަނުގެ ލީގަލް ޓީމުގެ ފަރާތުން އާޔަތުﷲ ހުޞައިނެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307