ކޮމިޝަނުން ޓުއަރިޒަމް މިނިސްޓަރާ މަޝްވަރާކުރައްވައިފި

13 މާޗް 2018



ސިވިލް ސަރވިސް ކޮމިޝަނުން ކުރިޔަށްގެންދާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު މިއަދު މިނިސްޓަރ އޮފް ޓުއަރިޒަމް އޮނަރަބުލް މޫސާ ޒަމީރުއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މިއަދު ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދެކެވުނީ ކުރިޔަށް އޮތް އެޕްރީލު މަހުގެ 10 އިން 11 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 3 ވަނަ ސިވިލް ސަރވިސް ކޮންފަރެންސާ ބެހޭގޮތުންނާއި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ލައިބުރަރީއެއް ޤާއިމުކުރުމާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ދިވެހި ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭ މި އަހަރު ތަރައްޤީގެ މަޝްރޫޢުތަކަށް ހިއްވަރުދެއްވައި މި ކަމުގައި ކަންކަން ފަހިކޮށްދެވޭނެ ކަންކަމާގުޅޭގޮތުން މަޝްވަރާ ދެއްވިއެވެ. އަދި ޝަރަފުވެރި ބޭފުޅެއްގެ ގޮތުން ސިވިލް ސަރވިސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ކޮމިޝަނަށް ދެއްވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް