ކޮމިޝަނުގެ މެންބަރުން އިންޑިއާގެ ސަފީރާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި

20 ޑިސެމްބަރ 2018



ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިޔާގެ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝަން މިޝްރާއާ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މިއަދު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. އިންޑިއަން ހައިކޮމިޝަނުގައި މިއަދު ބޭއްވި މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނާއި ތަޖްރިބާ އިންޑިޔާގެ ކަމާބެހޭ މަރުކަޒުތަކުން ހޯދުމާގުޅޭގޮތުންނެވެ. އިންޑިޔާގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނުދޭ މަރުކަޒުކަމުގައިވާ އެޑްމިނިސްޓްރޭޓިވް ސްޓާފްކޮލެޖް އޮފް އިންޑިޔާ ( އޭ.އެސް.ސީ.އައި) އާ ސިވިލް ސަރވިސް ކޮމިޝަނާދެމެދު ތަމްރީނާއި ތަޖްރިބާ ހިއްޞާކޮށް އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށް އަމަލުކުރެވެމުން ދެއެވެ


އިންޑިއަން ހައިކޮމިޝަނުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ކޮމިޝަނުގެ މެންބަރު ފާޠިމަތު ޢާމިރާ އަދި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307