![](/images/Posts/207/9bc37824-3f0e-4702-9dc4-db2d50a25879_6F2903B9-3959-47A4-9164-374EA48F6A42-750x400.jpeg)
2017 ވަނަ އަހަރުގެ ޑިމޮކްރަސީ ވީކް ފާހަގކުރުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުން މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ޑިމޮކްރަސީގެ މައްޗަށް ހޭލުންތެރިވުމަށް ބޭއްވި ޕްރެޒެންޓޭޝަން މުބާރާތުގެ ނަޠީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ މި މުބާރާތަކީ ޕަބްލިކް ސަރވިސް މީޑިއާ އާއި އިލެކްޝަންސް ކޮމިޝަނާއި ދިވެހިބަހުގެ އެކަޑަމީ ގުޅިގެން ބޭއްވުނު މުބާރާތެކެވެ. މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛު އަމްޖަދު މުަސްޠަފާއާއި މެންބަރުން އަދި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މުބާރާތުން 1 ވަނަ އަދި 2 ވަނަ ހޯދީ އިސްލާމިކް ޔުނިވަރސިޓީގެ ޓީމުތަކެވެ. 3 ވަނަ ހޯދީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޓީމެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޖަލީސުންނާއި މުޚާތަބު ކުރައްވަމުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ހަޔާތުގެ މައްޗަށް ބައްލަވާލައްވައި އަދި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީއަށް 10 އަހަރު ފުރޭހިނދު، އެ ޤާނޫނު އަސާސީން ގެނެސްދީފައިވާ ދިވެހި ޑިމޮކްރަސީގެ ތަޖްރިބާތަކަށް އަލި އަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
ޑރ. ޢަލީ ޝަމީމު ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ސާރކުގެ 8 ޤައުމުތެރޭގައި އެންމެ ފުރަތަމަ ޤާނޫނު އަސާސީއެއް އެލުކަލާލައި ތަންފީޒު ކުރަންފެށި ޤައުމުކަމަށާއި، އަދި ފުރަތަމަ ރައްޔިތުންގެ މަޖްލީހެއް ޤާއިމުކުރި ޤައުމަކީވެސް ދިވެހިރާއްޖެކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖެއަކީ ދެކުނު އޭޝިޔާ ސަރަހައްދަށް ސިޔާސީގޮތުން ދޮށީ ޤައުމެއްކަމަށާއި، އެހެން ޤައުމުތަކަށް މިސާލު ދައްކަން އޮތް ޤައުމެއްކަން ބަޔާންކުރެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
![](/images/Posts/571/5f2b4702-322b-41ac-869e-413f39820a26_MicrosoftTeams-image (1).png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
![](/images/Posts/568/fd9314d4-063e-42df-bdda-f05a72595852_News_back.png)
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
![](/images/Posts/567/f5371921-4619-4832-aca1-981a5eede611_final.png)
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023