ޤައުމީ ފެންވަރެއްގައި އިންސާނީ ވަޞީލަތް ތަރައްޤީކޮށް ބަލަހައްޓާނެ ޤާނޫނުތަކާއި އިދާރާއެއް މި ވަގުތު ނެތްކަމުގެ އިހްސާސްކުރެވޭކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެ

03 މާޗް 2018



ދިވެހި ރާއްޖެއަށް ބޭނުންވާ އިންސާނީ ވަޞީލަތް ރާވައި ބިނާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރާނެ ޚާއްޞަ ޤައުމީ އިދާރާއަކާއި މިކަމަށް ބާރު އަޅާނެ ޤައުމީ ފެންވަރުގެ ޤާނޫނަކާއި މާސްޓަރޕްލޭނެއް ނެތްކަމުގެ އިހުސާސް ކުރެވޭކަމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ބޭއްވުނު އިންސާނީ ވަޞީލަތް ކުރިއެރުވުމަށް މަޝްވަރާކުރުމުގެ އެޗްއާރު ސަމިޓް އަކީ އެޗްއާރު މޯލްޑިވްސް ނަމަކަމަށް ކިޔާ ކުންފުންޏަކުން އިސްނަގައިގެން އަމިއްލަ ވިޔަފާރިއާއި ކުންފުނިތަކާއި އަދި އިންސާނީ ވަޞީލަތް ބިނާކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން އިންތިޒާމުކޮށް ބޭއްވި ބޮޑު ބައްދަލުވުމެއް ނުވަތަ ސަމިޓެކެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307