ކޮމިޝަނާއެކު މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

01 މާޗް 2018



ސިވިލް ސރވިސް ކޮމިޝަނާއެކު މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓުން( އެމްއެމްއައި)މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި އެމްއެމްއައިގެ އިސްބޭފުޅުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ސީނިއަރ މޭނޭޖްމަންޓުގެ އިސްބޭފުޅުންނާއި ސީއެސްޓީއައިން ބައިވެރިވިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި އެމްއެމްއައިން ހިންގާ މީޑިޔާ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރޭން ފޭސްޓު މީޑިޔާ ތަމްރީނު ޕްރޮގްރާމު ސިވިލް ސަރވިސްގެ އިދާރާތަކަށް ހިންގެވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ އެއްބާރުލުން ހޯދުމާއި ސީއެސްޓީއައިއާ އެމްއެމްއައި ގުޅިގެން ބައެއް ތަމްރީނުތައް ކުރިޔަށްގެންދިއުމާބެހޭ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307