ރިސާޗްކުރުމާބެހޭ ގޮތުން ޚާއްޞަ ލެކްޗަރ ސެޝަނެއް ބާއްވައިފި

26 ފެބްރުއަރީ 2018



ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން (ސީއެސްޓީއައި) ކޮންމެ އަހަރު ސިލްސިލާކޮށް ބައްވަމުން އަންނަ ޕަބްލިކް ލެކްޗަރ ސީރީޒްގެ މި އަހަރުގެ ފުރަތަމަ ލެކްޗަރ "ރިސާޗް ކަލްޗަރ އެއް" އުފެއްދުމާ ބެހޭގޮތުން  މިއަދު ބާއްވައިފިއެވެ. މި އިވެންޓްގައި ފުރަތަމަ ތަޤްރީރު ކުރައްވާފައި ވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީން ޑރ. ޝަޒްލާ މުޙައްމަދެވެ. ޑރ. ޝަޒްލާގެ ތަޤްރީރުގައި ރިސާޗަކީ ކޮބައިކަމާއި ރިސާޗްކުރުމުގައި އަމިއްލަ ތަޖްރިބާތައް ޙިއްސާކުރެއްވިއެވެ. މިއަދުގެ އިވެންޓުގައި ދެން ތަޤްރީރުކުރައްވާފައި ވަނީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރެވެ. ޑރ. ޢަންވަރުގެ ތަޤްރީރު އަމާޒުކުރައްވާފައި ރިސާޗް ކަލްޗަރ އެއް އުފެއްދުމުގެ މައްޗަށާއި އެކަމުގެ މިހިންމުކަމުގެ މައްޗަށެވެ. މިއިވެންޓްގައި  ތިންވަނައަށް ތަޤްރީރު ކުރެއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. މަރިޔަމް ޝަހުނީޒާ ނަޞީރެވެ. ޑރ. ޝަހުނީޒާގެ ތަޤްރީރުގައި ރިސާޗެއް ފުރިހަމަ ކުރުމުގައި ފުރިހަމަކުރަންޖެހޭ މައިގަނޑު ބައިތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ލިޓްރެޗަރ ރިވިއުއާއި، ޑޭޓާ ކަލެކްޝަން އާއި، ޑޭޓާ އެނަލައިޒްކުރުމާއި، ރިޕޯޓިންގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކުގެ ޑރ. ޝަހުނީޒާގެ ތަޤްރީރުގައި އަލިއަޅުވާލެއްވިއެވެ.

ރިސާޗް ކަލްޗަރ އެއް އުފެއްދުމާއި ރިސާޗްކުރުމާބެހޭގޮތުން މި ތިން ބޭފުޅުންގެ ތަޤްރީރަށްފަހު މައުލޫއާ ގުޅޭގޮތުން އޯޑިއަންސް އިން ހުށަހެޅި ސުވާލުތަކަށް ޖަވާބުދިނުމަށް ފެނަލް ޑިސްކަޝަނެއް ވެސް މި އިވެންޓުގައި ކުރިޔަށް ގެންދެވުނެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް