22 ފެބްރުއަރީ 2018
ސައިރިކްސް ކޮލެޖުން އަލަށް ތަޢާރަފު ކުރި ކޯހެއް ކަމުގައިވާ މާސްޓާރސް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އިފްޠިތާހް ކުރުމުގެ ރަސްމިއްޔާތު ކޮމިޝަނުގެ ރައީސް ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މިއަދު ސައިރިކްސް ކޮލެޖުގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު، މި ޕްރޮގްރާމަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަރަށް މުހިންމު އަދި ބޭނުންތެރި ޕްރޮގްރާމެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮމިޝަނާ ސައިރިކްސް ކޮލެޖާ ދެމެދު ޕާރޓްނާޝިޕެއް ނުވަތަ އެއްބަސްވުމެއް އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށާއި އަދި އެކަމަށް އުންމީދު ކުރައްވާކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެ ކޮލެޖުގެ މި ކޯހުގައި ރިސާޗުބަޔަށް ފޯކަސް ކޮށްދެއްވުމަށް ވެސް ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ސިވިލް ސަރވިސްގެ ދާއިރާއިން ރިސާޗް ހެދުމަށް ކޮމިޝަނާއި މުޅި ސިވިލް ސަރވިސްއިން، އެކަމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަންވެސް ކޮމިޝާނުގެ ރައީސް ދެއްވިއެވެ.
ކޮމިޝަނުގެ ރައީސް ވަނީ ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން މަސައްކަތުގެ މާހައުލުގައި ޒަމާނީ މޮޅު ގޮތްތައް ހޯދައިގެން މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް ވެސް ގޮވާލައްވާފައެވެ.
ސައިރިކްސް ކޮލެޖުން މިއަދު ތައާރަފުކުރި މި ޕްރޮގުރާމަކީ 1 އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމަކީ މި ދާއިރާއަށް ބޭނުންންވާ މައިގަނޑު ހުރިހާ ހުނަރެއް އުގަންނައިދެވޭނެ ޕްރޮގްރާމެއްކަމަށް އެ ކޮލެޖުން މައުލޫމާތުދެއްވައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026