ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދި މަތީ ތަޢުލީމާ ހުނަރު ޙާޞިލުކުރުމަށް ލިބެންހުރި ފުރުޞަތުތަކާގުޅޭގޮތުން އެއްތަނަކުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މި ފެބްރުވަރީ މަހުގެ 8 އިން 10 އަށް ދަރުބާރުގޭގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ކުރިޔަށްގެންދިޔަ " ޔޫތް ޗެލެންޖް 2018" އަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ސިވިލް ސަރވިސްގެ އިދާރާތަކުން އިންތިޒާމުކުރި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ސިވިލް ސަރވިސްގެ
މުވައްޒަފުންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުން ކުރައްވާ އަގުހުރި މަސައްކަތްތަކަށް ހިއްވަރުދެއްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި އެ ސްޓޯލްތަކުން އާންމު ކުރަމުންގެންދިޔަ މަޢުލޫމާތުތައް އޮޅުންފިލުއްވަވައި، އަދި ބައެއް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކުރިޔަށް އޮތް އަހަރުތަކުގައި ސިވިލް ސަރވިސް ކޮމިޝަނުންނާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ ފަރާތުން މިފަދަ ހަރަކާތްތަކުގައި ބައިވެރިވާނެކަމަށާއި މިފަދަ ހަރަކާތްތަކުން ޒުވާނުންނާއި އެފަރާތްތަކުގެ ބެލެނިވެރިންނަށް ވަރަށް ބޭނުންތެރި މަޢުލޫމާތެއް ފޯރުކޮށްދޭކަމަށާއި މިކަމުގެ ސަބަބުން ވަޒީފާއެއް ނެތި އުޅޭ ޒުވާނުންނަށް އަގުހުރި ފުރުޞަތުތަކެއް ފަހިވެގެންދާނެކަމުގައި ކޮމިޝަނުގެ ރައީސް ބައްދަލުކުރެއްވި ފަރާތްތަކަށް ވިދާޅުވެފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026