10 ފެބްރުއަރީ 2018
ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދުން "ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް ސަމިޓް" ގައި ބައިވެރިވެ ވަޑައިގެންފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބުރައިސް ޝަހީދު މުޙައްމަދާއި ކޮމިޝަނުގެ މެންބަރު އިބްރާހިމް ޝަހީގު ބައިވެވެ ވަޑައިގެންނެވި މި ސަމިޓް އޮތީ އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައެވެ.
މި ސަމިޓްގައި ހިމެނުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށްއޮތް ޖީލުތަކުގެ ސަރުކާރުތަކަށް އާއީޖާދުތަކާ ޓެކްނޮލޮޖީގެ އެހީގައި މުޅި އިންސާނިއްޔަތަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރޭވެނެ ގޮތްތައް ހޯދުމާއި ބައިނަލްއަޤުވާމީ ގޮތުން އުފާވެރިކަން ގެނުވާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކޮށްފައިވެއެވެ.
މި އަހަރުގެ ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް ސަމިޓްގައި ތައުލީމީ ދާއިރާއާއި، އާއިޖާދުތަކާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ދާއިރާއާއި، ދެމެހެއްޓެނެވި ތަރައްޤީއާއި ގްލޯބަލް ހެޕިނެސްއާއި ގުޅުންހުރި މައުޟޫތަކަށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކޮށްފައިވެއެވެ.
ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދުގެ އިތުރުން ރާއްޖޭގެ ނައިބުރައީސް ޢަބުދުﷲަ ޖިހާދާއި ސަރުކާރުގެ ބައެއް އިސް އޮފިޝަލުންވެސް ރާއްޖޭގެ ފަރާތުން މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވައެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024