06 ފެބްރުއަރީ 2018
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕަރމަންނަންޓް ސެކްރެޓަރީގެ މަޤާމަށް ހަމަޖެއްސެވި ގ. ދިލްކަޝް، އަލްފާޟިލް މުޙައްމަދު ސަޢީދަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމެޓީގެ ބައްދަލުވުމުގައި އަލްފާޟިލް މުޙައްމަދު ސަޢީދަށް މި ލިއުން ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.
އަލްފާޟިލް މުޙައްމަދު ސައީދަކީ ކުރިން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. މުޙައްމަދު ސަޢީދު ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ 1989 ވަނަ އަހަރުން ފެށިގެންނެވެ. މީޑިޔާ އޮފިސަރެއްގެ މަޤާމުން ފެށިގެން ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވެއެވެ. އޭގެތެރޭގައި އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމާއި، ޑިރެކްޓަރުގެ މަޤާމާއި ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައި ވެއެވެ.
މުޙައްމަދު ސަޢީދު ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބޯލްޓަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024