24 ޑިސެމްބަރ 2018
ކޮމިޝަނުގެ މެންބަރުން މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އޮނަރަބުލް ޔުމްނާ މައުމޫނާއި އެ މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ސިވިލް ސަރވިސްގެ ދާއިރާއިން ކޮމިޝަނުން މިހާރު ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިހުރި ބައެއް ކަންކަމުގެ މައުލޫމާތު ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމުދެއްވިއެވެ. މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ނައިބުރައީސް ޝަހީދު މުޙައްމަދާއި ކޮމިޝަނުގެ މެންބަރު ފާޠިމަތު ޢާމިރާގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ. އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން މިނިސްޓަރުގެ އިތުުރުން އެ މިނިސްޓްރީގެ އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024