17 އޭޕްރީލް 2018
ޗައިނާގެ ހައިކޯ ސިޓީގެ ހުނާން ޕްރޮވިންސްގައި މި މަހުގެ 13 އިން 26 އަށް ކުރިޔަށްގެންދާ “ސެމިނަރ އޮން ގަވަރމަންޓް ފަންކްޝަނަރީ ކެޕޭސީޓީ ސެމިނަރ ފޯ މޯލްޑިވްސް”ގެ ސެޝަންތައް ފެށިގެން ކުރިޔަށް އެބަދެއެވެ. މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ އެކިއެކި މިނިސްޓްރީތަކާ ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުން ހިމެނޭގޮތުން ޖުމްލަ 20 މުވައްޒަފަކު ބައިވެރިވެއެވެ. މި ސެމިނާރގައި ކުރިޔަށްދާ ސެޝަންތަކުގައި އަލި އަޅުވާލާ މަޢުލޫޢުތަކުގެ ތެރޭގައި ޗައިނާގެ ތާރީޚާއި އާދަކާދައާއި ޘަޤާފަތް، ޗައިނާގެ އިޤްތިސާދީ ތަރައްޤީގެ ހާލަތާއި، ޗައިނާގައި ގެންގުޅޭ މެނޭޖްމަންޓް ސްޓްރެޓެޖީތަކާއި ޕަބްލިކް ސަރވަންޓުން ރެކްރޫޓްކުރުމުގައި ޗައިނާއިން ގެންގުޅޭ ސްޓްރެޓެޖީތަކާއި ޗައިނާގެ އާދަކާދައާއި ސްޓްރެޓެޖިން މެނޭޖްމަންޓުގެ ވިސްނުންތަކާއި ހިއުމަން ރިސޯސް ސްޓްރެޓެޖީ ޕްލޭނިންގ ފަދަ މައުލޫޢުތައް ހިމެނެއެވެ. މީގެ އިތުރުން ޕަރފޯމަންސް މެނޭޖްމަންޓް ޕްލޭންނިންގ ޗައިނާގެ ހަނގްޖޯ މުނިސިޕަލް ގަވަރމަންޓުން ކުރިޔަށްގެންދަވާ ގޮތުގެ މައުލޫމާތު ހިއްސާކުރުން ފަދަ މައުލޫމާތާއި ތަޖްރިބާ ހިއްސާކުރުމުގެ ސެޝަންތަކެއްވެސް މި ސެމިނަރގައި ކުރިޔަށް ގެންދެވޭނެއެވެ. މި ސެމިނާރގެ މައުލޫގައިވާ ދާއިރާތަކުން ޗައިނާގެ ތަޖްރިބާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާ ހިއްސާކުރުމުގެ އިތުރުން ޗައިނާގެ ބައެއް ސިޓީތަކާއި މަޝްހޫރު ތަންތަނަށް ޒިޔާރަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023