ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް މާލެ އަތޮޅުގައި ފާހަގަކުރުމާބެހޭ މަޝްވަރާތަކެއް ކ.ހިންމަފުށީ ކައުންސިލުން ކޮމިޝަނާއެކު ކުރައްވައިފި

19 އޭޕްރީލް 2018



ސިވިލް ސަރވިސް ކޮމިޝަނާ ގުޅިގެން، ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް މާލެ އަތޮޅުގައި ފާހަގަކުރުމާބެހޭ މަޝްވަރާތަކެއް ކ.ހިންމަފުށީ ކައުންސިލުން ކޮމިޝަނާއެކު ކުރައްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭ މުނާސަބާ ކަމުގައިވާ މެއި މަހުގެ 1 ވަނަ ދުވަހު އަތޮޅު ފެންވަރުގައި ގިނަ ހަރާކާތްތަކެއް ބޭއްވޭތޯ ވަނީ މަޝްވަރާކުރައްވާފައެވެ. މި ހަރާކްތަކުގެ ތެރޭގައި ސްޓޭޖް ޝޯ، އާއިލީ ހަވީރު، ފުޓްސަލް މުބާރާތް އަދި ސިވިލް ސަރވިސްގެ ކުއިޒް މުބާރާތެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި މި ހަރާކާތްތައް އަތޮޅު ފެންވަރުގައި ބޭއްވުމަށް ކަމާގުޅޭ އެހެން ފަރާތްތަކާއެކު އިތުރު މަޝްވަރާތައް ކުރުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.

  •  

ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307