ޓެކްސްއަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ސެޝަނެއް މީރާއިން ކޮމިޝަނުގެ މުވައްޒަފުންނަށް ބާއްވަވައިފި

29 އޭޕްރީލް 2018



ޓެކްސްއަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ސެޝަނެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ބާއްވަވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ ޓްރެއިނިންގ ރޫމުގައި  ކުރިޔަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ މީރާގެ ޓެކްސް އެކަޑަމީގެ މުވައްޒަފެކެވެ. މި ސެޝަންގައި ރާއްޖޭގައި އާންމުކޮށް ނަގާ ޓެކްސްތައްކަމުގައިވާ ޖީއެސްޓީއާ ބިޒްނަސް ޕްރޮފިޓް ޓެކްސްފަދަ ތަފާތު ވައްތަރުގެ ޓެކްސްތަކާބެހޭ މަޢުލޫމާތު މުވައްޒަފުންނަށް މީރާގެ ފަރާތުން ދެއްވިއެވެ. މީގެ އިތުރުން މީރާގެ މަސައްކަތްތަކާއި ޖުމްލަކޮށް ޓެކްސްނިޒާމުގެ އެކިކަންކަމާގުޅޭގޮތުން މުވައްޒަފުން ކުރި ސުވާލުތަކަށް ޖަވާބުދިނުން ވެސް މި ސެޝަންގައި ކުރިޔަށްދިޔައެވެ.

  •  

ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307