ސިވިލް ސަރވިސްއަށް 10 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޓެލެންޓް ޝޯވ ބާއްވައިފި

30 އޭޕްރީލް 2018


194*364

 ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމާއި ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިޔަށްގެންދިޔަ ޓެލެންޓް ޝޯއެއް 30 އެޕްރީލް 2018 ވަނަ ދުވަހުގެ ރޭ ކ. ހިންމަފުށީގައި ވަނީ ބާއްވާފައެވެ. މި ހަރާކާތް ފައްޓަވައިދެއްވައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި  އަތޮޅުތަކާއި މާލޭގައި ހުރި އިދާރާތައް ގުޅިގެން މިފަދަ ހަރަކާތެއް ބޭއްވުނީތީ އެކަން ފާހަގަކުރައްވާ މިކަމުގައި ޙަރަކާތްތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިވިލް ސަރވިސްއަށް ދިހަ އަހަރު ފުރޭ މުނާޞަބާއަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވަމުން މި ވޭތުވެދިޔަ އަހަރުތަކުގައި ސިވިލް ސަރވިސްއަށް ގިނަ ގުނަ ކުރިއެރުންތަކާއި  ތަރައްޤީ ގެނެވިފައިވާކަން ފާހަގަކުރައްވާ މި ކަންކަމުގައި ސަރުކާރުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.  މާލެއާ އަތޮޅުތެރޭގެ އިދާރާތައް ގުޅިގެން ބޭއްވި މި ޓެލެންޓް ޝޯގައި އައިޖީއެމްއެޗާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ ޓީމުން ހުށަހަޅައިދިން އިބްރާތްތެރި ތަމްސީލުތަކުގެ އިތުރުން ހިންމަފުށީގެ އެކި އިދާރާތަކުންވެސް އައިޓަމްތައް ހުށަހަޅައިދީފައި ވެއެވެ. މީގެ އިތުރުން އެންސީއޭގެ ބޭންޑުގެ ހުށަހެޅުންތައް ވެސް މި ޓެލެންޓް ޝޯގައި ފެނިގެންގޮސްފައި ވެއެވެ.

ސިވިލް ސަރވިސްގެ  10 ވަނަ އަހަރީ ދުވަހުގެ މުނާޞަބާއާ ގުޅިގެން ބާއްވާ ހަރަކާތްތައް ވެސް  މިއަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ކ. ހިންމަފުށީގައެވެ. ސިވިލް ސަރވިސްގެ އަހަރީ ދުވަސްކަމުގައިވާ 1 މޭ  ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ފެށިގެންދާނީ ދުވަހުގެ ފަތިސްނަމާދުންނެވެ.  އެއަށްފަހު ހެނދުނު ގަސް އިންދުމުގެ ހަރަކާތަކާއި،  އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކަކާއި ސިވިލް ސަރވިސްގެ ޤަވާޢިދަށް އަހުލުވެރިކުރުވުމުގެ ގޮތުން ބާއްވާ ކުއިޒް މުބާރާތެއްގެ އިތުރުން   ޑިނައިޓެއް ބޭއްވުން މިދުވަހުގެ   ހަރާކާތްތަކުގެ ތެރޭގައި ހިމެނެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307