04 އޭޕްރީލް 2018
ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީ ގުޅިގެން ހިންގުމަށް ރާވާފައިވާ ހަރާކާތްތަކުގެ ތެރޭގައި ހިމެނޭ ޓެލެންޓު ޝޯ މާދަމާ ރޭ ( ބުރާސްފަތި ދުވަހުގެ ރޭ ) ބޭއްވުމަށް ހަމަޖައްސަވައިފިއެވެ. އޮލިންޕަހުގައި ކުރިޔަށްގެންދަން ރާވާފައިވާ މި ޓެލެންޓް ޝޯގައި ސިވިލް ސަރވިސްގެ 10 އިދާރާއަކުން ޖުމްލަ 10 އައިޓަމެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި ޝޯ ކުރިޔަށްދާނީ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 23:30 އަށް ކަމަށް ޝޯގެ އިންތިޒާމުތައް ހަމަސައްޖައްސަވާ ކޮމެޓީން މަޢުލޫމާތުދެއްވައެވެ. މި ޝޯގައި އެންސީއޭ ބޭންޑުގެ ބައެއް ހުށަހެޅުންތައް ހުށަހަޅައިދިނުމަށް ވެސް ހަމަޖެހިފައި ވެއެވެ.
ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިޔަށްގެންދަވާ ހަރާކާތްތައް ކުރިޔަށްގެންދެވުމުގެ މަޤްޞަދަކީ ޖުމްހޫރީ ނިޒާމާ ބޭހޭގޮތުން މަޢުލޫމާތުފޯރުކޮށްދީ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށާއި، ސިވިލް ސަރވިސް އަށް 10 އަހަރުފުރުން ފާހަގަކުރުމަށް ކުރިޔަށްގެންދަވާ ހަރަކާތްތަކުގެ މަޤްޞަދަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުމެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026