ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައްކުގައި ހިމެނޭ ޓެލެންޓު ޝޯ މިރޭ ބާއްވައިފި.

05 އޭޕްރީލް 2018



ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީ ގުޅިގެން  ހިންގުމަށް ރާވާފައިވާ ހަރާކާތްތަކުގެ ތެރޭގައި ހިމެނޭ ޓެލެންޓު ޝޯ މިރޭ ބާއްވައިފިއެވެ.  އޮލިންޕަހުގައި ބޭއްވި މި ޝޯގައި ޖުމްލަ 19 އައިޓަމެއް ހިމެނުނުއިރު އޭގެ ތެރޭގައި އެކި އިދާރާތަކުން ހުށަހެޅުއްވި އައިޓަމުތަކާއި ކުރީގެ މަޝްހޫރު ލަވަކިއުންތެރިން ހިމެނޭ އެންސީއޭ ބޭންޑުގެ ހުށަހެޅުންތަކެއް ވެސް ފެނިގެންގޮސްފައިވެއެވެ.

މި އިވެންޓް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ މިފަދަ ކަންކަމުގައި ސިވިލް ސަރވިސްގެ އެކި އޮފީސްތަކުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ޖުމްހޫރީޔާއަށް ފަންސާސް އަހަރު ފުރުމާއި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ކުރިޔަށް ރޭވިފައިވާ ހަރަކާތްތަކަށް ވެސް އިދާރާތަކުން އެއްބާރުލުން ދެއްވުމަށް ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ޑރ. ޢަލީ ޝަމީމުގެ ވާހަކަފުޅުގައި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމުގެ ދާއިރާއިން އެދެވޭ ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރައްވާ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ވެސް މަތި ކުރެއްވުމަށް މަސައްކަތްކުރެއްވުމަށް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިޔަށްގެންދަވާ މި ހަރާކާތްތައް ކުރިޔަށްގެންދެވުމުގެ މަޤްޞަދަކީ ޖުމްހޫރީ ނިޒާމާ ބޭހޭގޮތުން މަޢުލޫމާތުފޯރުކޮށްދީ ރައްޔިތުން ހޭލުންތެރިކުރުވުމާއި، ސިވިލް ސަރވިސް އަށް 10 އަހަރުފުރުން ފާހަގަކުރުމަށް ކުރިޔަށްގެންދަވާ ހަރަކާތްތަކުގެ މަޤްޞަދަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުމެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް