ކޮމިޝަނުގެ މެންބަރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެ މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި

24 ޑިސެމްބަރ 2018



ކޮމިޝަނުގެ މެންބަރުން މިނިސްޓަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޟް އިސްމާޢީލާއި އެ މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ސިވިލް ސަރވިސްގެ ދާއިރާއިން ކޮމިޝަނުން މިހާރު ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިހުރި ބައެއް ކަންކަމުގެ މައުލޫމާތު ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމުދެއްވިއެވެ. މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ކޮމިޝަނުގެ މެންބަރު ފާޠިމަތު ޢާމިރާގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރުގެ އިތުުރުން އެ މިނިސްޓްރީގެ އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް