09 އޭޕްރީލް 2018
ޗައިނާގެ ހައިކޯ ސިޓީގެ ހުނާން ޕްރޮވިންސްގައި މި މަހުގެ 13 އިން 26 އަށް ބާއްވާ "ސެމިނަރ އޮން ގަވަރމަންޓް ފަންކްޝަނަރީ ކެޕޭސީޓީ ސެމިނަރ ފޯ މޯލްޑިވްސް"ގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ 20 މުވައްޒަފުންނާއި ޗައިނާގެ ހަންގޖޯ ސިޓީގެ ޒިއުޒޯންގ ޕްރޮވިންސްގައި މިމަހުގެ 12 އިން 25 އަށް ބާއްވާ
" ސެމިނަރ އޮން ސްޓްރެޓެޖިކް ހިއުމަން ރިސޯސް ޕްލޭނިންގ ފޯ މޯލްޑިވްސް"ގައި ބައިވެރިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ކޮމިޝަނުގެ ރައީސް ބައްދަލުކުރެއްވުން އޮތީ ކޮމިޝަނުގެ ޓްރެއިނިންގ ރޫމުގައެވެ. މި ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ހިންގުމުގެ ނިޒާމުގެ އީޖާދީ ކަންކަންމުގެ މަޢުލޫމާތު ލިބިގަނެ އެ ކަންކަމާއެކު ރާއްޖޭގެ ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކުރުމަށް މުވައްޒަފުން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި 2 ސެމިނާރގެ ތެރޭން " ސެމިނަރ އޮން ސްޓްރެޓެޖިކް ހިއުމަން ރިސޯސް ޕްލޭނިންގ ފޯ މޯލްޑިވްސް"ގައި ބައިވެރިވާ ސިވިލް ސަރވިސްގެ ޓީމު 10 އެޕްރީލް ވާ އަންގާރަ ދުވަހުގެ ރޭ ޗައިނާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި "ސެމިނަރ އޮން ގަވަރމަންޓް ފަންކްޝަނަރީ ކެޕޭސީޓީ ސެމިނަރ ފޯ މޯލްޑިވްސް"ގައި ބައިވެރިވާ މުވައްޒަފުން ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވަނީ 12 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ ރެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026