ކޮމިޝަނުގެ މެންބަރުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓާއި އެ މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި

25 ޑިސެމްބަރ 2018



ކޮމިޝަނުގެ މެންބަރުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އޮނަރަބުލް ޑރ. ޙުސައިން ރަޝީދު ޙަސަންއާ އެ މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ސިވިލް ސަރވިސްގެ ދާއިރާއިން ކޮމިޝަނުން މިހާރު ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިހުރި ބައެއް ކަންކަމުގެ މައުލޫމާތު ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމުދެއްވިއެވެ. މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ކޮމިޝަނުގެ ނައިބުރައީސް ޝަހީދު މުޙައްމަދާއި ކޮމިޝަނުގެ މެންބަރު ފާޠިމަތު ޢާމިރާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރުގެ އިތުުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް