ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިޔާ އެންޑް ޕެސިފިކްގެ (ޔޫ.އެން.އެސްކެޕް) ދެ ޑިރެކްޓަރަކާއި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ބައްދަލުކުރައްވައިފި.

10 މެއި 2018



ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިޔާ އެންޑް ޕެސިފިކްގެ ސޯޝަލް ޑިވެލޮޕްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ޑރ. ނަގޭޝް ކުމާރާއި އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް ޑިވިޝަނުގެ ޑިރެކްޓަރ ޑރ. ސްޓެފަނޮސް ފޯތިއުއާ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ބައްދަލުކުރައްވައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ވަކިވަކިން ބޭއްވެވި މި ދެ ބައްދަލުވުމުގައި ޑރ. ޢަލީ ޝަމީމު ވަނީ ސިވިލް ސަރވިސް ކޮމިޝަނާއި  ޔޫއެންއެސްކެޕްއާއި ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ  ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެފަރާތް ގުޅިގެން ދިވެހި ސިވިލް ސަރވިސްގެ ކުރިއެރުމަށް ކުރިވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރައްވާފައި ވެއެވެ.

ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307