15 މެއި 2018
މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުގެ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ޙުސައިން ޝަރީފު ހަމަޖައްސަވައިފިއެވެ. ޕަރމަނަންޓް ސެކްރެޓަރީ ތައާރަފްވުމުމުގެ ގޮތުން މިއަދު މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޙުސައިން ޝަރީފު ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހަމަޖެއްސެވިކަމުގެ ލިޔުން، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްއާ ހަވާކޮށްދެއްވުން އޮތެވެ. ކޮމިޝަނުގެ ފަރާތުން މި ލިޔުން މިނިސްޓަރާ ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ކޮމިޝަނުގެ ނައިބުރައީސް ޝަހީދު މުހައްމަދެވެ.
ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހަމަޖެއްސެވި ޙުސައިން ޝަރީފު ކުރިން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ޑިރެކްޓަރގެ މަޤާމުގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިރެކްޓަރ ކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ކޮމިއުނިޓީ އޮގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލާ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ބައެއް މަޤާމުތައް ވެސް ޝަރީފު ފުރުއްވާފައިވެއެވެ.
ޙުސައިން ޝަރީފު މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. މީގެ އިތުރުން ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާ އާއި ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއިން ޙުޞައިން ޝަރީފު ވަނީ ޑިޕްލޮމާ ހާޞިލްކުރައްވާފައެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024