މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި.

23 މެއި 2018



މިނިސްޓްރީ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޔޫސުފް ރިޒާ 22 މެއި 2018ގައި  ހަމަޖައްސަވައިފިއެވެ.  ޔޫސުފް ރިޒާ  ޕަރަމަންޓް ސެކްރެޓަރީގެ މަގާމަށް މި ހަމަޖެއްސެވީ 5 އަހަރުގެ ތިންވަނަ ޓާމަށެވެ. ޔޫސުފް ރިޒާ ކުރިން ވަނީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި 5 އަހަރުގެ 2 ޓާމު ފުރިހަމަ ކުރައްވާފައެވެ.

ޔޫސުފްރިޒާ  ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1991 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމާ ހަމައަށް  މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި ލެބަރ އެންޑް ޓްރޭޑް މިނިސްޓްރީގެ އެކިއެކި ފަންތީގެ މަޤާމުތައް ފުރުއްވާފައިވެއެވެ.

ޔޫސުފް ރިޒާ  މާސްްޓަރސް ޑިގްރީ އަދި ގްރޭޖްއޭޓް ޑިޕްލޮމާ  ހާޞިލްކުރައްވާފައި ވަނީ ޓުއަރިޒަމްގެ ދާއިރާއިން ޔުނިވަސިޓީ އޮފް އޮޓާގޯ އިންނެވެ. މީގެ އިތުރުން ފްލިންޑަރސް ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިޔާއިން ބެޗްލަރ އޮފް އިނިކޮމިކްސް ހާޞިލްކުރައްވާފައި ވެއެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް