ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު 7 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި.

24 މެއި 2018



ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާނުގެ 7 ވަނަ ބުރުގައި މި އިމްތިހާނު ހެދުމަށް ބޭނުންވާ ފަރާތްތަކަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި އިމްތިހާނުގެ އެޕްލިކޭޝަން ފޯމާއި ފީބަލައިގަތުމުގެ އިންތިޒާމުތައް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުގެ އިމްތިހާނު ބާއްވާ ސެންޓަރުތަކުގައި ހަމަޖެހިފައި ހުންނާނެއެވެ. މިގޮތުން އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި ފީ ބަލައިގަތުން މި ރަމަޟާންމަހު ކުރިޔަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު ފަހު 13:45 އަށެވެ. އަދި ސެންޓަރުތަކުން ބައިވެރިވާ ކެނޑިޑޭޓުންނަށް އެ ސެންޓަރަކުން ފޯމު ބަލައިގަތުމާއި ފީ ދެއްކުމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ. އިމްތިހާނުގެ އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ މި އިމްތިހާނު  ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި އިމްތިހާނު 2018 ވަނަ އަހަރުގެ އޯލެވެލް ބާއްވާ  ކޮންމެ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދޭ މި އިމްތިހާނަކީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ވަކިކަހަލަ ހުނަރުތަކެއް ހުރުން މުހިންމުކަމެއް ކަމަށް ފެންނާތީ، އެޤާބިލުކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާފައިވާ މުގައްރަރެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އިމްތިހާނެކެވެ. މި އިމްތިހާނުގެ މުގައްރަރުގައި ސިވިލް ސަރވިސްގައި މަސައްކަތްކުރުމަށް ބޭނުންވާ ދިވެހިބަހާއި ލިޔުންތެރިކަމުގެ ހުނަރާއި، ހެޔޮގޮތުގައި މުޢާމަލާތްކޮށް ރަނގަޅަށް މުވާސަލާތު ކުރުމުގެ ހުނަރުތަކާއި އިދާރީ ހިންގުމާއި އެޕްޓިޓިއުޑްގެ ހުނަރު ވަޒަންކުރުމުގެ ބައިތައް ހިމެނިގެންވެއެވެ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާއި ގުޅިގެން ބޭއްވޭ މި އިމްތިހާނުގެ މަޤްޞަދަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ މައިގަނޑު ހުނަރުތައް ލިބިފައިވާ، ވަޒީފާއަށް ގާބިލު ފަރާތްތަކެއްތޯ ދެނެގަތުމެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް