އައި ވައިސީގެ ވަފުދެއް ކޮމިޝަނަށް ޒިޔާރަތްކޮށްފި

25 ޖޫން 2018



އިންޓަރ ނެޝަނަލް ޔޫތް ކޮމިޓީގެ 5 މެންބަރުންގެ ވަފުދެއް ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކޮށްފިއެވެ. މިޒިޔާރަތުގެ ބޭނުމަކީ މިއަހަރު ސްޕްޓެމްބަރު މަހުގެ 17 ން 20 ށް ސްރީލަންކާގެ ވެރިރަށް ކޮލަމްބީގައި ބޭއްވޭ އިންޓަރނެޝަނަލް ޔޫތް ކޮމިޓީގެ ސަމިޓްގައި ރާއްޖޭއިން ރިސޯސް ސްޕީކަރ އެއްގޮތުން ކޮމިޝަނުގެ ރައިސް ޑރ. އަލީ ޝަމީމް ސަމިޓްގައި ބައިވެރިވެ ވަޑައިގެންދެއްވުމަށް ދައުވަތުއެރުވުމަށެވެ.

މިދައުވަތު ކޮމިޝަނުގެ ރައިސް ޤަބޫލުފުޅު ކުރައްވަވައި ނަމަވެސް، މިދުވަސްވަރަކީ ރާއްޖޭގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްވަރުކަމުން މުޅިން ބައިވެރިވުމާމެދު ކަށަވަރު ޖަވާބެއް އެރުވޭނީ ފަހުގެ ތާރީޚް ހާމަކުރެއްވެވިއެވެ. މިތާރީޙަކީ ދިވެހި ރާއްޖޭއަށާއި ބަގްލާދޭޝްއަށް ވެސް ފަސޭހަނޫންކަމުގައި އަންގަވާފައިވާތީ ތާރީޙް ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވަވާކަމުގައި ޒުވާނުންގެ ވަފުދުގެ ލީޑަރެއްގެ ގޮތުގައި ހުންނެވި އައި ވައި ސީގެ ޗައަރމަން ޑރ. ކޭކޭ ސިންގް ( އިންޑިޔާ) ވިދާޅުވިއެވެ.

އައި.ވައި.ސީގެ 5 މެމްބަރުންނާއެކު ކޮމިޝަނުގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހި ސިވިލް ސަރވިސްއާ ގުޅޭގޮތުން ވަފުދުގެ ބޭފުޅުންނަށް މަޢުލޫމާތު އެރުވިއެވެ. 5 މެމްބަރުންގެ ވަފުދުގައި އައި. ވައި. ސީގެ ސެކެޓްރީ ޖެނެރަލް މިސްޓަރ ފަރުހާން ޢަލީ ( ޕާކިސްތާނު )، އެސިސްޓެންޓް ސެކެޓްރޯ ޖެނެރަލް މިސްޓަރ ރާޖް ކަޓޭލް ( ނޭޕާލް) އަދި ހަޒާންދާރު މިސްޓަރ މުނާ ކުމާރު ބައިވެރިވެވަޑައިގެނެވިއެވެ.

ކޮމިޝަނުގެ ފަރާތުން ރައީސްގެ އިތުރުން ކޮމިޝަނުގެ ސެކްޓްރީ ޖެނެރަލް ޑރ.ޢަބްދުﷲ ޒުހުރީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް