12 ޖުލައި 2018
![](/images/Posts/143/2ba356c6-c0aa-44df-ba8a-8678fb65fdb5_CSC_7220-750x400.jpg)
ސިވިލް ސަރވިސް ޓްރެނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) ގައި ތަމްރީނުތަކެއް ހިންގެވުމަށް ވަޑައިގަންނަވާ ޗައިނީސް އެކަޑަމީ އޮފް ގަވަނަންސްގެ ވަފުދު މި މަހުގެ 14 ވަނަ ދުވަހު ރާއްޖެއައުމަށް ހަމަޖެހިއްޖެއެވެ. ޗައިނާގެ ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރާ މައިމަރުކަޒު ކަމަށްވާ ޗައިނީޒް އެކަޑަމީ އޮފް ގަވަނަސްގެ 6 ތަޖްރިބާކާރެއްގެ މައްޗަށް އެކުލެވޭ މި ވަފުދުން މިމަހުގެ 15 އިން 19 އަށް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އަމާޒުކޮށް ސީއެސްޓީއައިއާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގަވާނެއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސް ދެމެދު ވެފައިވާ ފަހުމުނާމާއެއްގެ ދަށުން ދެފަރާތް ގުޅިގެން ކޮންމެ އަހަރަކު ކުރިޔަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މިފަހަރުގެ ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންދެވުމަށް ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްއިން ވަޑައިގަންނަވަނީ 5 ޕްރޮފެސަރަކާއި ކޯޑިނޭޓަރެކެވެ.
ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްއިން ކުރިޔަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނު އަލިއަޅުވާލާ މައުލޫތަކުގެ ތެރޭގައި ސަރުކާރު ހިންގުން ހަރުދަނާކޮށް ކުރިޔަށްގެންދާނެ ގޮތާއި، ސަރުކާރު ޖަވާބުދާރީވާނެ ގޮތްތަކާއި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނެ ގޮތްތަކާއި، މުވައްޒަފުންނަށް ހިތްވަރުދޭނެ ގޮތްތަކާއި މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ގޮތްތަކާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރެވިދާނެ ގޮތްތައް ފަދަ މައުލޫތައް ހިމެނެއެވެ. މީގެ އިތުރުން އަންހެނުންގެ ތެރޭން ލީޑަރުން ތަމްރީނުކުރުމާއި ތަޖުރިބާ ހިއްސާކުރުން ވެސް މިތަމްރީނު ޕޮރޮގްރާމުގައި ހިމެނެއެވެ.
ޗައިނީސް އެކަޑަމީ އޮފް ގަވަނަންސްގެ މި ވަފުދުން ކުރިޔަށްގެންދާ ތަމްރީނު ޕްރޮގްރާމުތަކުގެ އިތުރުން ސްޓްރެޓެޖިކް ލީޑަރޝިޕްގެ މައްޗަށް މި ވަފުދުގެ ބޭފުޅުންގެ ދެއްވާ ވަރަށް ޚާއްޞަ ލެކްޗަރ އެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި ލެކްޗަރ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު މެންދުރުފަހު 14:00 އިން 15:00 އަށް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައެވެ. މި ލެކްޗަރ އަކީ ސީއެސްޓީއައި އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރު ކުރިޔަށްގެންދާ ލެކްޗަރ ސީރީޒްގެ މި އަހަރުގެ 4 ވަނަ ޕަބްލިކް ލެކްޗަރ އެވެ.
ފަހުގެ ޚަބަރުތައް
![](/images/Posts/571/5f2b4702-322b-41ac-869e-413f39820a26_MicrosoftTeams-image (1).png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
![](/images/Posts/568/fd9314d4-063e-42df-bdda-f05a72595852_News_back.png)
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
![](/images/Posts/567/f5371921-4619-4832-aca1-981a5eede611_final.png)
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023