12 ޖުލައި 2018
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންތަކެއް ޗައިނާގައި ތަމްރީނުތަކެއް ފުރިހަމަކުރަމުން އެބަގެންދެއެވެ. މި މަހުގެ 5 އިން 18 އަށް ޗައިނާގައި ކުރިޔަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުން ބައިވެރިވާ 10 މުވައްޒަފުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ 10 މުވައްޒަފުން ބައިވެރިވެއެވެ. މި މުވައްޒަފުންނަށް ތަމްރީނާއި މަޢުލޫމާތު ދެވޭ ދާއިރާތަކުގެ ތެރޭގައި، ޗައިނާގެ ސިވިލް ސަރވިސްގެ ހިނގާގޮތާއި ޗައިނާގައި އިޤްތިޞާދީ ކަންކަން ހިނގާގޮތައި ޚާރިޖީ ގުޅުންތައް ކުރިޔަށްގެންދެވޭގޮތުގެ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން ޗައިނާގެ ތަރައްޤީކުޔަށްގެންދެވޭ ގޮތާއި އިޤްޠިސާދީ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތާއި ތަޖްރިބާ ހިއްސާކުރުން ވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.
ޗައިނާގައި ތަމްރީނު ފުރިހަމަކުރަމުންދާ ދިވެހި ސިވިލް ސަރވިސްގެ ވަފުދަށް ޗައިނާގެ ޘަޤާފަތާއި އުމްރާނީ ކުރިއެރުންތައް ބަލާލާ ތަޖްރިބާކޮށްލުމުގެ ފުރުޞަތާއި އަދި ޗައިނާގެ މަޝްހޫރު ބައެއް ތަންތަނާއި އިޖްތިމާއީ ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ޗައިނީޒް ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ފަރާތުން ވަނީ ފަހިކޮށްދެއްވާފައެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024