15 ޖުލައި 2018
![](/images/Posts/141/3af25321-5897-40c1-bc48-fb62904c728e_CSC_2136-750x400.jpg)
ރާއްޖޭގެ ސިވިލްސަރވިސްގެ މަތީ ފަންތީގެ މުވައްޒަފުންނަށް އަމާޒުކޮށް ސީއެސްއައިޓީއާ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް ގުޅިގެން ހިންގާ ތަމްރީނު ޕްރޮގްރާމު މިއަދު ފަށައިފި.
"އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވްސް ސިވިލް ސަރވިސް 2018" ގެ ނަމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) ގައި މިއަދުން ފެށިގެން 3 ދުވަހުގެ މުއްތަށް ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޕްރޮފެސަރުންގެ ޓީމަކުންނެވެ. މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު 2 ތަމްރީނެއް ކުރިޔަށްދާނެއެވެ. އެއީ "ވޯކްސޮޕް އޮން އެންހޭންސިންގ ހިއުމަން ކެޕިޓަލް" އަދި "ޓްރެއިނިންގ ޕްރޮގްރާމް އޮން އެކްސަލަރޭޓިންގ ޕަރފޯމަންސް މޭނޭޖްމަންޓް ސިސްޓަމް އިން ސިވިލް ސަރވިސް"ގެ ނަމުގައި ކުރިޔަށްގެންދާ ތަމްރީނު ޕްރޮގްރާމެވެ.
ޗައިނީޒް އެކަޑަމީ އޮފް ގަވަނަސްގެ ޕްރޮފެސަރުން މައުލޫމާތު ދެއްވާ މި ތަމްރީނު ޕްރޮގްރާމުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނު ކުރުމުގައި ޗައިނީޒް އެކަޑަމީ އޮފް ގަވަރަނަންސްއާ އަދި ޗައިނާ އެމްބަސީއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކާއި ޗައިނާ ސަރުކާރަށާއި އެންބްސީއަށް އަދި ޗައިނިޒް އެކަޑަމީ އޮފް ގަވަރނަންސްއަށް ޝުކުރު އަދާކުރައްވާފައެވެ. ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމުގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނާއަށްގޮސް ތަމްރީނު ހޯދުމުގެ ފުރުޞަތުތަކާއި ރާއްޖޭގައި ތިބެ ވެސް ސިވިލް ސަރވިސްގެ ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދެއްވާކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ޗައިނާ ޑެލިގޭޝަނުގެ ފަރާތުން ޕޮރޮފެސަރެއްގެ ވާހަކަ ދެއްކެވުމާއި ޗައިނާ އެމްބަސީގެ ފަރާތުން އެމްބަސީގެ ބޭފުޅަކުވެސް ވާހަކަދެއްކެވިއެވެ.
ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ޕްރޮފެސަރުންގެ ވަފުދުގެ ބޭފުޅުން މެދުވެރިކޮށް ހިންގާ މި ތަމްރީނު ޕްރޮގްރާމުގެ އިތުރުން ލީޑަރސިޕާ ބެހޭގޮތުން ދެއްވާ ޕަބްލިކް ލެކްޗަރއެއް ވެސް މިމަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްއާ ސިވިލް ސަރވިސް ކޮމިޝަނާއެކު ވެފައިވާ ފަހުމުނާމާއެއްގެ ދަށުން ކޮންމެ އަހަރަކު ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޕްރޮފެސަރުންގެ ވަފުދެއް ރާއްޖެ ވަޑައިގެން ތަމްރީނު ޕްރޮގްރާމެއް އަންނަނީ ހިންގަވަމުންނެވެ. އަދި ކޮންމެ އަހަރަކު ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނާއަށް ޒިޔާރަތްކޮށް ތަމްރީނާ ތަޖްރިބާ ޙާޞިލްކުރުމުގެ ފުރުޞަތެއް ވެސް ޗައިނާއިން ވަނީ ފަހިކޮށްދީފައެވެ.
ފަހުގެ ޚަބަރުތައް
![](/images/Posts/571/5f2b4702-322b-41ac-869e-413f39820a26_MicrosoftTeams-image (1).png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
![](/images/Posts/568/fd9314d4-063e-42df-bdda-f05a72595852_News_back.png)
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
![](/images/Posts/567/f5371921-4619-4832-aca1-981a5eede611_final.png)
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023