ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ތަމްރީނުތަކެއް ހިންގަވައިދެއްވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ޕްރޮފެސަރުންގެ ޝަރަފުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ. މި ފަރިއްކޮޅު ބޭއްވުނީ ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ ނުވަތަ ގިރާވަރު ރިސޯޓްގައެވެ.
މި ފަރިއްކޮޅުގައި ކޮމިޝަނުގެ މެންބަރުންނާއި ވެރިން އަދި ސީއެސްޓީއައިގެ ބޭފުޅުން ޗައިނާގެ ޕްރޮފެސަރުންނާއެކު ބައިވެރިވެ ވަޑައިގެންނެވިއެވެ. ޗައިނާގެ ވަފުދަށް ގިރާވަރު ރިސޯޓަށް ޒިޔާރަތްކޮށްލުމަށް ފުރުޞަތު ލިބުމުން، ރާއްޖޭގެ ރަށްތަކުގެ ރީތިކަމާ މާހައުލުގެ ހިތްގައިމުކަން ފާހަގަކޮށް އެކަމަށް ވަރަށް ތައުރީފުކުރެއްވިއެވެ.
ފަހުގެ ޚަބަރުތައް
ފަސްވަނަ ސިވިލް ސަރވިސް ކޮންފަރެންސް ޖޫން މަހު ބޭއްވުމަށް ތައްޔާރުވެއްޖެ
17 މެއި 2026
"ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފި
08 ޖަނަވަރީ 2026
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026
09 ޑިސެމްބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025