ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ޕްރޮފެސަރުންގެ ޓީމަށް ދިވެހި އާދަކާދައާ ޘަޤާފަތް ދައްކާލައިފި.

17 ޖުލައި 2018



ރާއްޖޭގެ ސިވިލްސަރވިސްގެ މަތީ ފަންތީގެ މުވައްޒަފުންނަށް އަމާޒުކޮށް ސީއެސްއައިޓީއާ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް ގުޅިގެން ތަމްރީނު ދިނުމަށް ރާއްޖެ ޒިޔާރަތްކުރި ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ވަފުދަށް ސީއެސްޓީއައިގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފަރާތުން ދިވެހި ކެއުމަކާއެކު ދިވެހިންގެ އާދަކާދައާ ޘަޤާފަތް ދައްކުވައިދޭ  ޝޯއެއް ދީފިއެވެ.

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ވަފުދުން ހިންގި ތަމްރީނު ޕްރޮގްރާމު ނިމި އިއްޔެ ވަނީ ބައިވެރިންނަށް ސެޓްފިކެޓް ދީފައެވެ. މި ތަމްރީނު ޕްރޮގްރްރާމު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ސީއެސްޓީއައިގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝާނުގެ ނައިބުރައީސް ޝަހީދު މުހައްމަދާއި ޗައިނާ ވަފުދުގެ ހެޑް އޮފް ޑެލިގޭޝަން އެވެ.

"އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވްސް ސިވިލް ސަރވިސް 2018" ގެ ނަމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) ގައި މިމަހުގެ 15 ފެށިގެން 3 ދުވަހުގެ މުއްތަށް ކުރިޔަށްގެންދިޔަ މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވާފައި ވަނީ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޕްރޮފެސަރުންގެ ޓީމަކުންނެވެ.  މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު 2 ތަމްރީނެއް ކުރިޔަށްދިޔައެވެ. އެއީ  "ވޯކްސޮޕް އޮން އެންހޭންސިންގ ހިއުމަން ކެޕިޓަލް" އަދި  "ޓްރެއިނިންގ ޕްރޮގްރާމް އޮން އެކްސަލަރޭޓިންގ ޕަރފޯމަންސް މޭނޭޖްމަންޓް ސިސްޓަމް އިން ސިވިލް ސަރވިސް"ގެ ނަމުގައި ކުރިޔަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެވެ.

ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ޕްރޮފެސަރުންގެ ވަފުދުގެ ބޭފުޅުން މެދުވެރިކޮށް ހިންގާ މި ތަމްރީނު ޕްރޮގްރާމުގެ އިތުރުން ލީޑަރސިޕާ ބެހޭގޮތުން ދެއްވާ ޕަބްލިކް ލެކްޗަރއެއް ވެސް ޖުލައި 18 ވަނަ ދުވަހު މެންދުރުފަހު 14:00 އިން 15:00 އަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްއާ ސިވިލް ސަރވިސް ކޮމިޝަނާއެކު ވެފައިވާ ފަހުމުނާމާއެއްގެ ދަށުން ކޮންމެ އަހަރަކު ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޕްރޮފެސަރުންގެ ވަފުދެއް ރާއްޖެ ވަޑައިގެން ތަމްރީނު ޕްރޮގްރާމެއް އަންނަނީ ހިންގަވަމުންނެވެ. އަދި ކޮންމެ އަހަރަކު ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނާއަށް ޒިޔާރަތްކޮށް ތަމްރީނާ ތަޖްރިބާ ޙާޞިލްކުރުމުގެ ފުރުޞަތެއް ވެސް ޗައިނާއިން ވަނީ ފަހިކޮށްދީފައެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް