މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޕަރމަނަންޓް ސެކްރެޓަރީއާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހަމަޖައްސަވާފައިވާ ބޭފުޅުންނަށް މަޤާމުގެ ވައުދާއި މަޤާމުގެ ލިއުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި.

24 ޖުލައި 2018



މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހަމަޖެއްސަވާފައިވާ  ޙުސައިން ޝަރީފާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހަމަޖައްސަވާފައިވާ ޔޫސުފް ރިޒާގެ މަޤާމުގެ ވައުދާއި މަޤާމުގެ ލިއުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ބާއްވައިފި.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީ މަޤާމަށް ޔޫސުފް ރިޒާ ހަމަޖައްސަވާފައި ވަނީ 22 މެއި 2018ގައެވެ. ޔޫސުފް ރިޒާ  ޕަރަމަންޓް ސެކްރެޓަރީގެ މަގާމަށް މި ހަމަޖެއްސެވީ 5 އަހަރުގެ ތިންވަނަ ޓާމަށެވެ. ޔޫސުފް ރިޒާ ކުރިން ވަނީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި 5 އަހަރުގެ 2 ޓާމު ފުރިހަމަ ކުރައްވާފައެވެ.

ޔޫސުފްރިޒާ  ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1991 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމާ ހަމައަށް  މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި ލެބަރ އެންޑް ޓްރޭޑް މިނިސްޓްރީގެ އެކިއެކި ފަންތީގެ މަޤާމުތައް ފުރުއްވާފައިވެއެވެ.

ޔޫސުފް ރިޒާ  މާސްްޓަރސް ޑިގްރީ އަދި ގްރޭޖްއޭޓް ޑިޕްލޮމާ  ހާޞިލްކުރައްވާފައި ވަނީ ޓުއަރިޒަމްގެ ދާއިރާއިން ޔުނިވަސިޓީ އޮފް އޮޓާގޯ އިންނެވެ. މީގެ އިތުރުން ފްލިންޑަރސް ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިޔާއިން ބެޗްލަރ އޮފް އިނިކޮމިކްސް ހާޞިލްކުރައްވާފައި ވެއެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހުސެން ޝަރީފް ހަމަޖައްސަވާފައި ވަނީ 15 މެއި 2018ގައެވެ.

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހަމަޖެއްސެވި ޙުސައިން ޝަރީފު ކުރިން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ޑިރެކްޓަރގެ މަޤާމުގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިރެކްޓަރ ކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ކޮމިއުނިޓީ އޮގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލާ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ބައެއް މަޤާމުތައް ވެސް ޝަރީފު ފުރުއްވާފައިވެއެވެ.

ޙުސައިން ޝަރީފު މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. މީގެ އިތުރުން ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާ އާއި ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއިން ޙުޞައިން ޝަރީފު ވަނީ ޑިޕްލޮމާ ހާޞިލްކުރައްވާފައެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް