26 އޯގަސްޓް 2018
![](/images/Posts/133/4895bf1a-13ab-49d0-b98b-33a80db71ce8_8569F223-F1F4-4684-8B8C-D3EE5783F491-e1535276912860-750x400.jpeg)
ގދ. އަތޮޅުގެ 3 ސްކޫލެއްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅުގެ 3 ސްކޫލަކަށް ކޮމިޝަނުގެ ރައީސް ޒިޔާރަތްކުރައްވައިފިއެވެ. ތިނަދޫ ސްކޫލާއި، އަބޫބަކުރު ސްކޫލާއި، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދައުވަތަށް ގދ. އަތޮޅަށް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ކުރެއްވި ޒިޔާރަތުގައި މި މަހުގެ 16- 18 އަށް ގދ. ތިނަދޫއަށް ވަޑައިގެން "ސްކޫލު ތަރައްޤީގެ ޕްރޮގްރާމް" ވަނީ ހިންގަވައި ދެއްވާފައެވެ. ކޮމިޝަނުގެ ރައީސްގެ މި ދަތުރުފުޅުގައި، ތިނަދޫ ސްކޫލުގައި ބޭއްވި ދިވެހިބަހުގެ އަދަބީ ފޯވަހީގެ ނަތީޖާފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވެސް ޝަރަފްވެރި ކޮށްދެއްވިއެވެ. މި މަހުގެ 16 ވަނަ ދުވަހު ބޭއްވުނު މި ރަސްމިއްޔާތުގައި އެ ޕްރޮގްރާމުގައި ބައިވެރިވި 340 ދަރިވަރުންނަށް އިނާމުދީފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހުގެ މުހިންމުކަމާއި ބަހުގެ ދައުރުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ބަހުގައި ހުރި އެކިއެކި ބަހުރުވަތައް އުވިދިޔަ ނުދީ ދިރުވައި އާލާކުރަންޖެހޭކަން ފާހަގަކުރައްވައި، އެ ރަސްމިއްޔާތު ވެސް ކުރިޔަށް ގެންގޮސްފައި ވަނީ ހުވަދޫ ބަހުރުވައިން ކަމަށްވާތީ އެ ކަން ފާހަގަކުރެއްވިއެވެ.
ކޮމިޝަނުގެ ރައީސްގެ މި ދަތުރުފުޅުގައި، ޓީޗަރުންނާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ބޭއްވި ސެމިނާރުތަކެއްގައި ވެސް ބައިވެރިވެ ވަޑައިގެން ބައިވެރިންނަށް މައުލޫމާތުދެއްވާފައި ވެއެވެ. މި ސެމިނާރުތަކުގައި ސްކޫލު ކުދިންނަށް ޚާއްޞަކޮށް ބޭނުންވާނެ، ކިޔެވުމުގެ މޮޅު ހުނަރުތަކާބެހޭ މައުލޫމާތާއި ޓީޗަރުންނަށް ބޭނުންވާނެ ކިޔަވައިދިނުމުގެ މޮޅު ހުނަރުތަކާބެހޭ މައުލޫމާތާއި، ކިޔަވައިދިނުމުގައި ޒަމާނީ ވަސީލަތްތަކާއި އިންޓަރނެޓް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ހުނަރުތަކާ ބެހޭގޮތުން ވެސް ކޮމިޝަނުގެ ރައީސް މަޢުލޫމާތު ދެއްވިއެވެ. އަދި މި ސެމިނާރުގައި، ކުދިން ތަރުބިއްޔަތުކުރުމުގައި ޒަމާނީ ގޮތްތައް ބޭނުންކުރުމާ ބެހޭގޮތުން ބެލެނިވެރިންނަށް ވެސް ކޮމިޝަނުގެ ރައީސް ވަނީ މައުލޫމާތު ދެއްވާފައެވެ.
ފަހުގެ ޚަބަރުތައް
![](/images/Posts/571/5f2b4702-322b-41ac-869e-413f39820a26_MicrosoftTeams-image (1).png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
![](/images/Posts/568/fd9314d4-063e-42df-bdda-f05a72595852_News_back.png)
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
![](/images/Posts/567/f5371921-4619-4832-aca1-981a5eede611_final.png)
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023