02 އޯގަސްޓް 2018
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިއުޓުން ( ސީއެސްއައިޓީން) އޮގަސްޓްމަހު ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމުތައް އިއުލާނުކޮށްފިއެވެ. އޮގަސްޓްމަހު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމުތަކުގެ ތެރޭގައި 5 އޮގަސްޓްއިން 6 އޮގަސްޓްއަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޑަކްޝަން ޕްރޭރާމްގެ ފޭސް2، 7 އޮގަސްޓުން 9 އޮގަސްޓަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމް "ޕްރޮބްލަމް ސޯލްވިންގ އެންޑް ޑިސިޝަން މޭކިންގ"، ބިޑު އިވެލުއޭޝަން އެންޑް ޕްރޮކިއުމަންޓާއި ގުޅޭގޮތުން އޮގަސްޓް 12 އިން 16 ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމް، އިވެންޓް މެނޭޖްމަންޓް، އިފެކްޓިވް ކޮމިއުނިކޭޝަންގެ ސްކިލްސްއާ ގުޅޭ ގޮތުން އޮގަސްޓް 27 އިނ ް30 އަށް ބާއްވާ ތަމްރީނު ޕްރޮގްރާމުގެ އިތުރުން މޮޑާން ހިއުމަން ރިސޯސަސް އެންޑް ޑިވެލޮޕްމެންޓް ދާއިރާއިން އޮގަސްޓް 26 އިން 30 ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމް ހިމެނެއެވެ. ސީއެސްއައިޓީން ކުރިޔަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައުލޫމާތު ސީއެސްޓީއައިގެ ޓްރެއިނިންގް ޑައިރެކްޓްރީއާ އަދި ވެބްސަައިޓްގައި ވަނީ ހިމަނާފައެވެ. ސީއެސްޓީއައި އިން ކުރިޔަށްގެންދާ މި ތަމްރީނު ޕްރޮގްރާމުތަކަކީ ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ތަމްރީނު ޕްރޮގްރާމްތަކެކެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024