އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި.

07 އޯގަސްޓް 2018



އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ކޮމިޝަނުގެ މައުލޫމާތުތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ވެބްސައިޓް މެދުވެރިކޮށް ހިއްޞާކުރުމަށް މަސައްކަތްކުރުމާއި، މައުލޫމާތު ހާމާކުރުމުގެ މުހިންމުކަމާބެހޭގޮތުން ސިވިލް ސަރވިސްގެ އިދާރާތައް ހޭލުންތެރިކުރުވުމަށް މަސައްކަތްކޮށްދެއްވުމާއި އަދި ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔެކިއުންތައް ބެލެހެއްޓުން ހަރުދަނާކުރުމަށް އެކުލަވާލެވޭ ޕޮލިސީއާ ބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި، ކޮމިޝަނުގެ ނައިބުރައީސް އަލްފާޟިލް ޝަހީދު މުޙައްމަދާއި، ކޮމިޝަނުގެ މެންބަރު އަލްފާޟިލް އިބްރާޙިމް ޝަހީޤު ބައިވެރިވެ ވަޑައިގެންނެވިއެވެ.މި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންފޮކޮމިޝަނަރު އަލް އުސްތާޛު ޢަބުދުލް ޢަޒީޒު ޖަމާލު އަބޫބަކުރާއި އެ އޮފީހުގެ ޑިރެކްޓަރ ލީގަލް އެފެއާޒް އަލް އުސްތާޒާ ފާޠިމަތު ސައުޝަންއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307