11 އޯގަސްޓް 2018
ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ( ފީމް) އިން އިންތިޒާމުކޮށްގެން އިސް ފަންތިއާ އަދި މެދު ފެންތީގެ ހިންގުންތެރިންނަށް ބޭއްވި ވާކްޞޮޕުގެ ބައިވެރިންނަށް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ސެޓްފިކެޓް ދެއްވައިފިއެވެ.
"އިފެކްޓިވް ނެގޯސިއޭޝަން ސްކިލް ވާރކްޝޮޕް" ނުވަތަ އެއްބަސްވުމަށް ވުމަކަށް އައުމަށް ދެފަރާތުގެ ދެމެދުގައި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ވާކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު މިފަދަ ވާކްޝޮޕެއްގެ މުހިންމުކަން ފާޙަގަކުރައްވާ ވިދާޅުވީ މީހުންގެ މެދުގައި ދެބަސްވުންތަކާ ދެކޮޅުވެރިކަން އުފެދިފައިވާ ދުވަސްވަރެއްގައި ދިވެހިންގެ ތެރޭގައި ހުރި މިފަދަ މައްސަލަތައް ދެފަރާތަށް ފައިދާވާގޮތުގައި ހައްލުކުރުމުގައި މި ވާކްޞޮޕްގެ ސަބަބުން ފަސޭހަވެގެންދާނެކަމަށެވެ. މިގޮތުން އަފޫކުރުމާއި މަޢާފުކުރުމާއި، ޢަދުލުވެރިކަން އިސްކުރުމަށް ވިސްނުމާއި ބަސްމަގު ގެންގުޅެންވާނެ ގޮތާއި އަދި ހިކުމަތްތެރިވެވިދާނެ ގޮތުގެ ބައެއް މިސާލުތައް ދައްކަވައި މަޝްވަރާކުރުމުގެ މުހިންކަމުގެ މައްޗަށް ބާރުއަޅުއްވާ ކޮމިޝަނުގެ ރައީސް ވަހަކަދެއްކެވިއެވެ. އަދި މިފަދަ ވާކްޝޮޕެއް ފީމުގެ ފަރާތުން ހިންގެވީތީ އެކަމަޓަކަށް ފީމްއަށް ޝުކުރު އަދާކުރެއްވިއެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި ވާކްޝޮޕްގައި މަޢުލޫމާތުދެއްވީ މެލޭޝިޔާގެ ތަޖްރިބާކާރު މާހިރެއްކަމުގައިވާ ސްކިލް ފޯކަސް ކޮންސަލްޓެންސީ މެލޭޝިޔާގެ ބާނީ މިސިޒް ސަންޓާނާ ނަގަންދުރަމްއެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024