ކޯޕަރޭޓް ޓްރެއިނިންގތައް ސީއެސްޓީގައި ރަސްމީގޮތުން ފަށައިފި

13 އޯގަސްޓް 2018



ކޯޕަރޭޓް ސެކްޓަރ އަމާޒުކޮށް ޓްރެއިނިންގތައް ސީއެސްޓީގައި ރަސްމީގޮތުން ފަށައިފިއެވެ. ކޯޕަރޭޓް ސެކްޓަރއަށް ތަމްރީނުތައް ފެށުމުގެ ގޮތުން ފުރަތަމަ ބާއްވާފައި ވަނީ އެސްޓީއޯގެ މުވައްޒަފުންނަށް މި މަހުގެ 11 އިން 13 އަށް “ޕާތުވޭ ޓު ޕީކް ޕަރފޯމަންސް"ގެ ނަމުގައި ބޭއްވި ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެސްޓީއޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

ސީއެސްޓީއައިގައި އަލަށް ފެށި ކޯޕަރޭޓް ސެކްޓަރގެ ތަމްރީނުތަކަކީ ކޯޕަރޭޓް ސެކްޓަރ އަދި ސިވިލްސަރވިސްގެ މުވައްޒަފުންނަށްވެސް ކޯސް ފީ އަކާއެކު ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދާ ޕްރޮގްރާމުތަކެކެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307