09 ސެޕްޓެމްބަރ 2018
ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއަށް އަހުލުވެރިކުރުވުމާއި، މަސައްކަތަށް ތާޒާކުރުމާއި އަދި މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ތަމްރީނުތައް ދެމުންގެންދާ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގައި ކިޔަވާދެއްވަވާ ލެކްޗަރުންނާއި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ބައްދަލުކުރައްވަވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގެ ބޭނުމަކީ ސީ.އެސް.ޓީ.އައިގެ ޚިދުމަތްތައް ކުރިއަރުވައި ކިޔަވައި ދިނުމުގެ ފެންވަރު މަތިކުރުމަށް ޚިޔާލުބަދަލުކޮށް އަދި ލެކްޗަރާއިންނަށް ދިމާވާ ކަންކަމާގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރުމެވެ. ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ޒުހުރީ އާއި ސީ.އެސް.ޓީ.އައިގެ ޑިރެކްޓަރ ފާޠިމަތު ޙަބީބާވެސް ބައިވެރިވެ ވަޑައިގެންނެވި މި މަޝްވަރާ ބައްދަލުވުމުގައި މުއްސަނދި ޚިޔާލުތަކެއް ހުށަހެޅި ލެކްޗަރާއިންނާއި ދަރިވަރުންނަށް އިތުރު ވަސީލަތްތައް ހޯދާ ދިނުމާއި ހިތްވަރުދެވިދާނެ ގޮތުގެ މައްޗަށް މަޝްވަރާކުރެވިފައިވެއެވެ. އަދި މިފަދަ ބައްދަލުވުމެއް މަހަކު އެއްފަހަރު ބޭއްވުމަށް ނިންމުނެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024