ކޮމިޝަނުގެ މެންބަރުން މިނިސްޓަރ އޮފް ފައިނޭންސް އާއި އަދި އެމިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި

27 ޑިސެމްބަރ 2018



ކޮމިޝަނުގެ މެންބަރުން މިނިސްޓަރ އޮފް ފިނޭންސް އޮނަރަބުލް އިބްރާހީމް އަމީރުއާ އެ މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މިނިސްޓްރީ އޮފް ފިނޭންސްގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ސިވިލް ސަރވިސްގެ ދާއިރާއިން ކޮމިޝަނުން މިހާރު ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިހުރި ބައެއް ކަންކަމުގެ މައުލޫމާތު ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމުދެއްވިއެވެ. މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ކޮމިޝަނުގެ ނައިބުރައީސް ޝަހީދު މުޙައްމަދާއި ކޮމިޝަނުގެ މެންބަރު ފާޠިމަތު ޢާމިރާގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރުގެ އިތުުރުން އެ މިނިސްޓްރީގެ އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307