ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގައި ބައިވެރިވެ އުޅުމުގައި ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުން އެ ފަރާތްތަކުން ވަޒީފާ އަދާކުރަމުން ގެންދާ އިދާރާތަކުގެ ނަމާއި، އެ ފަރާތްތަކުގެ މަޤާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެ އުޅުމުގައި އެންމެހާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އިދާރާތަކުން، ޤާނޫނާއި ޤަވާއިދުތަކުގައިވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓުމަށް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ކޮމިޝަނުން މިކަންކަމަށް އިލްތިމާސްކޮށްފައިވަނީ 17 ސެޕްޓެމްބަރ 2018 ގައި އާންމުކުރި ސަރކިއުލަރ (ނަންބަރ 2018/11) އިންނެވެ. އަދި މި ސަރކިއުލަރގައި ރިޔާސީ އިންތިޚާބާއި ގުޅިގެން ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން، އަމިއްލަ ހައިސިއްޔަތުން ފާޅުކުރާ ޚިޔާލުތައް މީޑިއާތަކުން ގެނެސްދިނުމުގައި އެ މުވައްޒަފުން އަދާކުރާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް ނިސްބަތް ނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެއެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024