19 ސެޕްޓެމްބަރ 2018
ދިވެހި ޤައުމީ ޓީމުން ސާފު ސުޒުކީ ކަޕް 2018 ގެ ޗެމްޕިއަންކަން ހާޞިލުކުރުމާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސަރުކާރުގެ ފަރާތުން މަރުޙަބާ ދެންނެވުމަށް ބޭއްވުނު ހަފްލާގެ ތެރެއިން ޓީމުގެ ފަޚުރުވެރި ކުޅުންތެރިންނަށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް މަރުޙަބާ ދަންނަވައިފިއެވެ. މިގޮތުން ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާ މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯއްދެވި މުޙައްމަދު ފައިސަލް އަދި ކޯޗު އާ އެހެން ކުޅުންތެރިންނަށް ވަކިވަކިން ސަލާމްކޮށް މަރުޙަބާ ދެންނެވިއެވެ.
އިއްޔެ ސިނަމާލެ ބުރިޖު ސަރަޙައްދުން ޤައުމީ ޓީމަށް މަރުޙަބާ ކިޔުމަށްޓަކައި ސިވިލް ސަރވިސްގެ ބައެއް މުވައްޒަފުންވެސް ހާޒިރުވެ ޤައުމީ ރޫޙު ދިރިގެން ދިޔަ މި ހަރަކާތުގައިވަނީ ބައިވެރިވެފައެވެ. ދިވެހި ޤައުމަށް ޤައުމީ ޓީމުން ހޯދާދިން ރީތި ނަމާއި ޝަރަފަށްޓަކައި ސިވިލް ސަރވަންޓުން ތައުރީފުކުރާ ކަމަށާއި މިފަދަ ކޮންމެ ކާމިޔާބީއެއްގައި ހިތްވަރުދިނުމަށް އަދި ޤައުމީ ބަތޮލުންނަށް ޝުކުރުވެރިވުމުގައި ދިވެހި ސިވިލް ސަރވިސް ބައިވެރިވާނެކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވެއެވެ. އިއްޔެގެ މަރުޙަބާ ކިޔުމުގައި ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުން ބައިވެރިވެ އުފާ ފާޅުކޮށްފައިވެއެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024