ޗައިނާގައި ބޭއްވޭ ސެމިނަރގައި ބައިވެރިވާ ސިވިލް ސަރވަންޓުންނާއި ކޮމިޝަނުގެ ރައީސް ބައްދަލުކުރައްވައިފި

09 އޮކްޓޯބަރ 2018



މި އޮކްޓޯބަރ 11 އިން 24 އަށް ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަރުކާރުގެ އިދާރީ ހިންގުމާއިބެހޭ ސެމިނަރގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ އެކި އެކި އިދާރާތަކުން ހޮވާލެވުނު މުވައްޒަފުންނާއި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ބައްދަލުކުރައްވައިފިއެވެ. މި ސެމިނަރއަކީ ޗައިނާގައި ސިވިލް ސަރވަންޓުން ތަމްރީނުކުރާ މަރުކަޒުކަމުގައިވާ ޗައިނީސް އެކަޑަމީ އޮފް ގަވަރނަންސް އިން ރާވައި އިންތިޒާމުކޮށްދިން ސެމިނަރއެކެވެ. މިއީ ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނީސް އެކަޑަމީ އޮފް ގަވަރނަންސް އާ ދެމެދު ސިވިލް ސަރވިސްގެ ޤާބިލުކަން އިތުރުކުރުމުގެ މަޤުސަދުގައި ދެ މުއައްސަސާ ދޭތެރޭގައި އެއްބަސްވެފައިވާ ފަހުމުނާމާއެއްގެ ދަށުން ޗައިނާގެ ސަރުކާރުގެ އެހީގައި އިންތިޒާމްކޮށް ބޭއްވޭ ސެމިނަރއެކެވެ. މިއީ މި އަހަރު ބޭއްވޭ މިފަދަ 2 ވަނަ ސެމިނަރއެވެ.

މިފަހަރުގެ ސެމިނަރގައި ބައިވެރިވާ 22 މުވައްޒަފުންގެ ޓީމުގައި އިސްކޮށްވަޑައިގަންނަވަނީ ކޮމިޝަނުގެ މެމްބަރ އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިނެވެ. ކޮމިޝަނުގެ ރައީސް ޓީމުގެ ބޭފުޅުންނާއި ބައްދަލުކުރައްވަވައި، އެ ބޭފުޅުން މި ސެމިނަރގައި ބައިވެރިވެ ވަޑައިގަތުމަށް ހޮވުނީތީ މަރުޙަބާ ވިދާޅުވެ ކާމިޔާބު އަދި ނިޔާމަދަތުރަކަށް ވުމަށް އެދިވަޑައިގަތެވެ. އަދި މި ސެމިނަރ އަށް ތައްޔާރުވެ ވަޑައިގަތުމުގެ ގޮތުން ސަމާލުކަން ދެއްވަންވީ ކަންކަމާއި، އަދި ސެމިނަރގެ ބޭނުން ފުރިހަމައަށް ހިއްޕެވުމަށްޓަކައި ސަމާލުވެވަޑައިގަންނަވަންވީ ކަންކަމުގެ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެއްވެވިއެވެ.

'ސެމިނަރ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް' ގެ ނަމުގައި މި ސެމިނަރގައި ޗައިނާގެ ސަރުކާރު ރޭވި ހިނގާގޮތުގެ މައްޗަށާއި، ޝަރުޢީ އަދި އިޤްތިސާދީ، އިޖްތިމާޢީ ސިވިލް ސަރވިސްގެ ކަންކަން ރޭވި ހިނގާގޮތުގެ މަޢުލޫމާތާއި، ޗައިނާގެ ތަރައްޤީއާބެހޭ މަޢުލޫމާތު ދިނުން ހިމެނިފައިވެއެވެ. މީގެ އިތުރުން ޝެންހާއީ ސިޓީގެ އިޖުތިމާޢީ މަރުކަޒަކަށާއި އަދި ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

  •  

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް