14 އޮކްޓޯބަރ 2018
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންތަކެއް ޗައިނާގައި ތަމްރީނުތަކެއް ފުރިހަމަކުރަމުން އެބަގެންދެއެވެ. މި އޮކްޓޫބަރ މަހުގެ 11 އިން 24 އަށް ޗައިނާގެ ބެއިޖިންގް ގައި ކުރިޔަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުން 20 މުވައްޒަފުން ބައިވެރިވެއެވެ. މި މުވައްޒަފުންނަށް ތަމްރީނާއި މަޢުލޫމާތު ދެވޭ ދާއިރާތަކުގެ ތެރޭގައި، ޗައިނާގެ ސިވިލް ސަރވިސްގެ ހިނގާގޮތާއި ޗައިނާގައި އިޤްތިޞާދީ ކަންކަން ހިނގާގޮތައި ޚާރިޖީ ގުޅުންތައް ކުރިޔަށްގެންދެވޭގޮތުގެ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން ޗައިނާގެ ތަރައްޤީކުޔަށްގެންދެވޭ ގޮތާއި އިޤްޠިސާދީ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތާއި ތަޖްރިބާ ހިއްސާކުރުން ވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.
ޗައިނާގައި ތަމްރީނު ފުރިހަމަކުރަމުންދާ ދިވެހި ސިވިލް ސަރވިސްގެ ވަފުދަށް ޗައިނާގެ ޘަޤާފަތާއި އުމްރާނީ ކުރިއެރުންތައް ބަލާލާ ތަޖްރިބާކޮށްލުމުގެ ފުރުޞަތާއި އަދި ޗައިނާގެ މަޝްހޫރު ބައެއް ތަންތަނާއި އިޖްތިމާއީ ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ޗައިނީޒް ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ފަރާތުން ވަނީ ފަހިކޮށްދެއްވާފައެވެ. މި ތަމްރީނަކީ ޗައިނީސް އެކަޑަމީ އޮފް ގަވަނަންސްގެ ފަރާތުން މުވައްޒަފުން ތަމްރީނުކުރުމަށް މިއަހަރު ބާއްވާ 2 ވަނަ ޕްރޮގްރާމެވެ. މި ވަފުދުގެ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ހަމަޖެހިފައިވަނީ ކޮމިޝަން ގެ މެންބަރ އަލްއުސްތާޛު ޒަކަރިއްޔާ ހުސައިންނެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023