ކޮމިޝަނުގެ ރައީސާއެކު ދ. އަތޮޅު ކައުންސިލުން މަޝްވަރާކުރައްވައިފި

14 އޮކްޓޯބަރ 2018



ދ. އަތޮޅަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މި އޮކްޓޯބަރ މަހުގެ 12 އިން 14 އަށް ކުރެއްވެވި ޒިޔާރަތުގައި ދ. އަތޮޅު ކައުންސިލުގެ ފަރާތުން އެ ކައުންސިލުގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއެކު މަޝްވަރާ ކުރައްވައިފިއެވެ. ދ. އަތޮޅު ކައުންސިލުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ތިއްބެވީ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ޝާފީ އާ ކައުންސިލަރ އިބްރާހީމް ފާރިޚް އާ ޒިންމާދާރުވެރިޔާ އަހުމަދު ރަޝީދުއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ކައުންސިލަށް ދިމާވެފައިވާ ބައެއް ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި މުވައްޒަފުންނަށް ތަމްރީނުދިނުމާއި ގުޅޭގޮތުންނާއި އަދި ކައުންސިލުގެ ޚިދުމަތްތައް ކުރިއެރުވުމަށް ރޭވެމުންދާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުންނެވެ. ދ. އަތޮޅު ކައުންސިލް އިދާރާއަކީ ވަރަށް ފަހުން އަލަށް ހެދިފައިވާ އިމާރާތެކެވެ. އެ ތަނުގެ އިންތިޒާމުތައް ހުރީ މި ވަގުތަށް ވަރަށް ފުރިހަމަކޮށް ކަމުގައި ފާހަގަކުރެވިފައިވެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް