ކޮމިޝަނުގެ ރައީސް ދ. އަތޮޅަށް ޒިޔާރަތެއް ކުރައްވައިފި

16 އޮކްޓޯބަރ 2018



ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް އަށް ލިބިވަޑައިގެންނެވި ދައުވަތަކަށް އޮކްޓޫބަރު 12 އިން 15 އަށް ދ. އަތޮޅަށް ޒިޔާރަތްކުރައްވައި ސިވިލް ސަރވިސްގެ އިދާރާތަކުގައި މަސައްކަތްކުރައްވަވާ މުވައްޒަފުންނާއި ބައްދަލުކުރައްވައިފިއެވެ. މިގޮތުން ރައީސް ވަޑައިގެންނެވި ރަށްރަށަކީ ކުޑަހުވަދޫ އާއި މާއެބޫނދޫ އާއި ރިބިނދޫ އާއި ބަޑިދޫ އަދި ހުޅުދެލިއެވެ. މި ރަށްރަށަށް ޒިޔާރަތްކުރެއްވުމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށްދެއްވީ ދ. އަތޮޅު ކައުންސިލުގެ ފަރާތުންނެވެ. އަދި ރަށް ރަށަށް ކޮމިޝަނުގެ ރައީސް ކުރެއްވެވި ދަތުރުފުޅުތަކުގައި ދ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ޝާފީ އާއި ޒިންމާދާރުވެރިޔާ އަހުމަދު ރަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނާއިއެކު ބޭއްވުނު ބައްދަލުވުންތަކުގައި ކާމިޔާބު ސިވިލް ސަރވަންޓަކަށް ވުމުގައި ބޭނުންކުރެވިދާނެ މެނޭޖުމަންޓުގެ ހިކުމަތްތަކާއި މަސައްކަތުގެ ހުނަރާއި ޤާބިލުކަން މަތިކުރުމަށް އަބަދުވެސް އަމަލުކުރެއްވުމަށް ބާރުއަޅުއްވަވައި ކޮމިޝަނުގެ ރައީސް މަޢުލޫމާތު ހިއްސާކުރެއްވެވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސް ކުރިއަރުވައި ހިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ މައުލޫމާތު ވެސް ބައިވެރިންނާއި ހިއްސާކޮށް، އެފަރާތްތަކުގެ ކިބައިގައި ހުރި ޝަކުވާތަކާއި ސުވާލުތަކަށް އިޖާބަދެއްވެވިއެވެ. ކޮމިޝަނުގެ ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ކޮމިޝަނަރސް އޮފީހުގެ އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް ޙަސަން ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

  •  

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް